logoEN
Sto top
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހަނިމާދޫގައި ފަށައިފި

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ހަނިމާދޫގައި ފަށައިފި

އަހުމަދު ޝުރާއު

logo

10/5/2025, 3:37:16 AM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.ހަނިމާދޫގައި ފަށައިފިއެވެ.

Wamco

ހަނިމާދޫއަކީ އައިޑީކާޑުގެ ޚިދުމަތް ފެށި 34ވަނަ ރަށެވެ. އޮގަސްޓު 25 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތީ އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށެވެ.

އެކަމަށް އިޖާބަދެއްވައި، 39 ދުވަހުގެ ތެރޭގައި ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރައްވައި، މި ޚިދުމަތް ރަސްމީކޮށް ފެއްޓީ އިއްޔެގެ ވަގުތެއްގައެވެ.

މި ޚިދުމަތުގެ ސަބަބުން، ހަނިމާދޫގެ ރައްޔިތުންނަށް އެމީހުންގެ އައިޑީ ކާޑު ސީދާ އެ ރަށުން ލިބިގެންދާނެއެވެ.

މި މުހިންމު ފިޔަވަޅަކީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ބައެކެވެ. 2024 ނޮވެމްބަރު 17ގައި މި މަސައްކަތް ފެށުނީއްސުރެ، ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ކާމިޔާބުކަމާއެކު ވަނީ ޤާއިމުކުރެވިފައިވެއެވެ. މީގެ އިތުރުން، ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް2، އަދި ވިލިމާލޭގައި އައު އޮފީސްތައް ޤާއިމުކޮށް އައިޑީ ކާޑުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC