logoEN
PNC TOP 3
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ބާބަޑޯސްއަށް!

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ބާބަޑޯސްއަށް!

އަހުމަދު ޝުރާއު

logo

10/4/2025, 6:33:00 AM

# ރައްޔިތުންގެ މަޖިލިސް

-

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ބާބަޑޯސްއަށް ފުރާވަޑައިގަންނަވައިފި އެވެ.

PNC MID 2

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ސީޕީއޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓޭޓިވް، އަޙްމަދު ނާޡިމް އާއި މަޖިލީހުގެ ވަފުދު، ބާބަޑޯސްގައި ބާއްވާ 68 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސް (ސީޕީސީ) ގައި ބައިވެރިވުމަށް ފުރާވަޑައިގަންނަވާފައިވާ ކަމަށެވެ.

އެގޮތުން ނާޒިމްގެ އަރިހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ބާބަޑޯސްގައި ބާއްވާ 68 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސް (ސީޕީސީ) ކުރިޔަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC