.webp&w=3840&q=75)
-
އައްޑޫ ސިޓީ ހިތަދޫގައި 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމް ފަށައިފިއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރާއްޖޭގެ މުޖްތަމަޢުގައި ހިނގާ އެކި ކަންކަމަށް ޒުވާނުންގެ މެދުގައި ހޭލުންތެރިކަމާއި ފާޑުކިޔުންތެރި ވިސްނުން ކުރިއެރުވުމެވެ. އައްޑޫގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި އައްޑޫ ސިޓީގެ އެކި ރަށްތަކުން ޖުމްލަ 37 މީހުން ބައިވެރިވާއިރު، އޭގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަޙައްދުގައި ހިންގާ އޮންލައިން ނޫސްތައް ހިމެނެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަމްޢާން ވިދާޅުވީ، އައްޑޫގައި ކުރިއަށްދާ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޚަބަރު ފެތުރުމާއި ޚަބަރު ފެތުރުމުގައި ޒިންމާދާރު ވާންވީ ގޮތްތަކާއި އަޚްލާޤީ މިންގަނޑުތަކަކުގެ މައްޗަށް ކަމަށެވެ.
އަހަންނަކީ ނޫސްވެރިއެއް' އަކީ ތަޢުލީމީ އަދި މުޖުތަމަޢު ބިނާކޮށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށް ވެސް މި ޕްރޮގްރާމް ތަޢާރަފް ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ ރާވާފައެވެ.
އައްޑޫސިޓީގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ، އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 4 ވަނަ ޕްރޮގުރާމެވެ. މީގެ ކުރިން، ތުލުސްދޫ ، ފުވައްމުލައް، ރ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.
ގުޅުންހުރި

މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!

ވަކި ކައުންސިލްތައް އުފެދިއްޖެ ނަމަ ބްލޮކް ގްރާންޓުގެ ގޮތުގައި ފޭދޫއަށް 25 މިލިއަން، ހުޅުދޫއަށް 13 މިލިއަން ، މީދޫއަށް 18 މިލިއަން!

އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
.webp&w=3840&q=75)




