
3 ވަނަ މެރިން ސްޕޭޝަލް ޕްލޭނިން ކޯޕަރޭޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ
# ރައީސް މުއިއްޒު-
ޗައިނާ އޯޝަނިކް ޑިވެލޮޕްމަންޓް ފައުންޑޭޝަން (ސީއޯޑީއެފް) އިން ބެއިޖިންގައި ބޭއްވި 3 ވަނަ މެރިން ސްޕޭޝަލް ޕްލޭނިން ކޯޕަރޭޝަން ވޯކްޝޮޕް އެންޑް ޕާޓްނާޝިޕް ކޮންފަރެންސްގައި ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފްއާއި ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަޝްވާޤު އެވެ. މެރިން ސްޕޭޝަލް ޕްލޭނިން ކޯޕަރޭޝަން ވޯކްޝޮޕް އެންޑް ޕާޓްނަޝިޕް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އައިމިނަތު ޝަރީފް ވަނީ ވާހަކަފުޅު ދައްކަވާފައި އެވެ.
މި ކޮންފަރެންސްގައި 3،300 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވާ 60 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ހިމެނެ އެވެ.
މި ކޮންފަރެންސްގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަޝްވާގު ވަނީ ޕެރެލަލް ފޯރަމް "އައިލެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން" ގައި ވާހަކަފުޅު ދައްކަވައި، އެއް ދާއިރާތަކުން ކުރިއަށް ގޮސް އިއާދަކުރަނިވި ހަކަތައާއި ކަނޑުގެ އިގްތިސާދާއި މެރިކަލްޗާ ފަދަ ބްލޫ އިކޮނޮމީގެ އެހެން އިސްނެގުމަކަށް ރާއްޖޭގެ ޑައިވަރސިފިކޭޝަން ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވާ ޖޮއިންޓް ރިސާޗް، ޓެކްނޮލޮޖީ ޓްރާންސްފާ، ކެޕޭސިޓީ ބިލްޑިންގ، އަދި އިނޮވޭޓިވް ފައިނޭންސިންގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަން ޑެޕިއުޓި މިނިސްޓަރ އަޝްވާގް ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުންތައް އުސޫލާ އެއްގޮތަށް ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާނެ - ސްޕޯކްސް ޕާސަން

ރައީސް މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްފަހު މާލެ ވަޑައިގެންފި




