
ގްލޯބަލް ސުމޫދް ފްލޮޓީލާ: މިހާތަނަށް 6 ބޯޓެއްގެ ކޮންޓްރޯލް ޔަހޫދީން ނަގައި އެތައް ބަޔަކު ހައްޔަރުކޮށްފި
# ޣައްޒާގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަށް ހުއްޓުވުމަށް ޔަހޫދީ ނިރުބަވެރި އަސްކަރިއްޔާއިން ކުރިޔަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 6 ބޯޓެއްގެ ކޯންޓްރޯލް ޔަހޫދީން ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓުކުރާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ ކަނޑުގެ ސިފައިންނަށް މިހާތަނަށް ކޮންޓްރޯލް ނެގިފައިވަނީ މި ހަރަކާތުގައި ބައިވެރިވާ 44 ބޯޓުގެ ތެރެއިން އެންމެ 6 ބޯޓުގެއެވެ. އެގޮތުން މި 6 ބޯޓުގައި ތިބި ގިނަ ބަޔަކު މިހާރު އިސްރާއީލުގެ ސިފައިންގެ ހައްޔަރަށް ގެންގޮސް ނޭވީގެ ބޮޑު މަނަވަރަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަންވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުގެ ޗެނަލް 13އިން އިތުރަށް ބުނާ ގޮތުގައި ހުރިހާ އުޅަނދެއްގެ ކޮންޓްރޯލް ނޭވީއަށް ނެގުމާއިއެކު މި ހަރަކާތުގައި ބައިވެރި އެކްޓިވިސްޓުން ޑީޕޯޓުކުރުމުގެ މަރުހަލާ ފެށުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން މި މަރުހަލާ ފެށޭނެ ކަމަށް ޔަހޫދީ ސިފައިން ލަފާކުރަނީ މާދަމާ މެންދުރަށެވެ.
މި ހަރަކާތުގެ އިތުބާރުހުރި މައުލޫމާތު ގެނެސްދެމުންދާ އެހެން ބައެއް ފަރާތްތަކުން ބުނާގޮތުގައި މިހާތަނަށް ހިފެހެއްޓި 6 ބޯޓުގައި އެކަނިވެސް 60 އެއްހާ ބައިވެރިން ތިއްބެވެ.
ހިފެހެއްޓި ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިވާނުވާކަމަށް ގްލޯބަލް ސުމޫދް ފްލޮޓީލާއިންވެސް ދަނީ ބުނަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ޔަހޫދީން ގްލޯބަލް ސުމޫދް ފްލޮޓީލާގެ ކޮންޓްރޯލް ނެގުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަން މާދަމާ ހެނދުނާއި ހަމައަށް ކުރިޔަށްދާނެ ކަމަށް ބެލެވެއެވެ.
ގްލޯބަލް ސުމޫދް ފްލޮޓީލާއަކީ އިޒްރޭލުން ބަނޑަށްޖައްސާފައިވާ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ކަނޑުމަގުން ވަންނަން ކުރާ ޚާއްސަ މަސައްކަތެކެވެ. އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 40 އަށްވުރެ ގައުމުގެ ބައިވެރިން ބައިވެރިވެއެވެ. އެގޮތުން މި ހަރަކާތުގައި ޖުމުލަ 400 އަށްވުރެ ގިނަ އެކްޓިވިސްޓުން ބައިވެރިވެއެވެ.
ގުޅުންހުރި

ޣައްޒާ ސަމިޓުގައި ފަލަސްތީނުގެ ރައީސް އައްބާސް އާއި ނިރުބަވެރި ނަތަންޔާހޫ ބައިވެރިވާނެ!

ަޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި - ރިޕޯޓު

ހަމާސްއާއި އިސްރާއީލުން ކުރިޔަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ހަމަލާބަދަލުކުރުން ހުއްޓާލާނެ - ރިޕޯޓު
