logoEN
Sto top
ގްލޯބަލް ސުމޫދް ފްލޮޓީލާ ކޮންޓްރޯލް ނެގުމުގެ މަރުހަލާ ފަށައިފިން - ނިރުބަވެރި އިސްރާއީލު އަސްކަރިއްޔާ

ގްލޯބަލް ސުމޫދް ފްލޮޓީލާ ކޮންޓްރޯލް ނެގުމުގެ މަރުހަލާ ފަށައިފިން - ނިރުބަވެރި އިސްރާއީލު އަސްކަރިއްޔާ

އަހުމަދު ޝުރާއު

logo

10/1/2025, 6:44:29 PM

# ޣައްޒާ

ގްލޯބަލް ސުމޫދް ފްލޮޓީލާ ކޮންޓްރޯލް ނެގުމުގެ މަރުހަލާ ފަށާފައިވާކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފި އެވެ.

Wamco

އިޒްރޭލުގެ ބްރޯޑްކާސްޓިން އޮތޯރިޓީއިން ދާދި ދެންމެ އަކު ބުނީ ގްލޯބަލް ސުމޫދް ފްލޮޓީލާގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އޮޕަރޭޝަން މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވަމުންދާ ބޯޓުތަކަށް ޔަހޫދީ ސިފައިން މިހާރު އަރަމުން އަންނަ ކަންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.

އެހެން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީ ސިފައިން މިހާރު ވަނީ މި ހަރަކާތުގައި ބައިވެރިވާ އެންމެ މުހިންމު ދެ ބޯޓު ކަމަށްވާ "އަލްމާ" އާއި "ސައިރަސް" ގެ ފަޅުވެރިންތައް ހައްޔަރުކޮށްފައެވެ. އެކަން ގްލޯބަލް ސުމޫދް ފްލޮޓީލާގެ އިސް އޮފިޝަލަކުވެސް ވަނީ އަލް ޖަޒީރާ އަރަބިކްއަށް ކަށަވަރުކޮށްދީފައި އެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސުމޫދު ފްލޮޓިލާއަކީ އިންސާނީ އެހީތެރިކަމުގެ މިޝަނެއްގެ ބަދަލުގައި "ޕްރޮވޮކޭޝަން" ގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިއީ ހަމާސްގައި ގުޅުން އޮތް ހަރާކާތެއްގެ ގޮތުގައި ސިފަކޮށް މި ހަރަކާތަށް ނިރުބަވެރި އިސްރާއީލުން ދިނީ ހަމާސް-ސުމުދު ފްލޮޓިލާ" ގެ ނަމެވެ.

ބޯޓުތަކާއި ޔަހޫދީ ބާރުތަކުން ކުރިމަތިލާފައިވާކަން ނުސީދާކޮށް ކަށަވަރުކޮށްދެމުން ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިސްރާއީލުގެ ކަނޑުގެ ސިފައިން ފްލޮޓިލާއާ ގުޅައިގެން "ކޯސް ބަދަލުކުރުމަށް" އިންޒާރުދީފައިވާ ކަމަށާއި އެއީ "އެކްޓިވް ކޮމްބަޓް ޒޯނަކާ ކައިރިވެ، ގާނޫނީ ނޭވަލް ބްލޮކޭޑަކާ ހިލާފުން" ކަމަށްވާތީ ކަމަށެވެ.

ގްލޯބަލް ސުމޫދް ފްލޮޓީލާއަކީ އިޒްރޭލުން ބަނޑަށްޖައްސާފައިވާ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ކަނޑުމަގުން ވަންނަން ކުރާ ޚާއްސަ މަސައްކަތެކެވެ. އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 40 އަށްވުރެ ގައުމުގެ ބައިވެރިން ބައިވެރިވެއެވެ. އެގޮތުން މި ހަރަކާތުގައި ޖުމުލަ 400 އަށްވުރެ ގިނަ އެކްޓިވިސްޓުން ބައިވެރިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC