
ޣައްޒާގެ ހިސޯރު ނައްތާލުމަށް ގިނަ އަދަދެއްގެ އެކްޓިވިސްޓުން ކަނޑުމަގުން ޣައްޒާއަށް ދިޔުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދް ފްލޮޓީލާ މައި ބޯޓު " އަލްމާ" އާއި އިތުރު ބޯޓެއްގައި ތިބި މީހުން ޔަހޫދީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގްލޯބަލް ސުމޫދް ފްލޮޓީލާގެ އޮފިޝަލުންނާއި ހަވަލާދީ އަލް ޖަޒީރާ އަރަބިކުން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލު ސިފައިން މިހާރު ވަނީ އަލްމާ އާއި ސައިރަސް ބޯޓުގައި ތިބި މީހުން ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސުމޫދު ފްލޮޓިލާއަކީ އިންސާނީ އެހީތެރިކަމުގެ މިޝަނެއްގެ ބަދަލުގައި "ޕްރޮވޮކޭޝަން" ގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިއީ ހަމާސްގައި ގުޅުން އޮތް ހަރާކާތެއްގެ ގޮތުގައި ސިފަކޮށް މި ހަރަކާތަށް ނިރުބަވެރި އިސްރާއީލުން މި ހަރަކާތަށް ނަން ދީފައިވަނީ "ހަމާސް-ސުމުދު ފްލޮޓިލާ" ގެ ނަމުންނެވެ.
ބޯޓުތަކާއި ޔަހޫދީ ބާރުތަކުން ކުރިމަތިލާފައިވާކަން ނުސީދާކޮށް ކަށަވަރުކޮށްދެމުން ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިސްރާއީލުގެ ކަނޑުގެ ސިފައިން ފްލޮޓިލާއާ ގުޅައިގެން "ކޯސް ބަދަލުކުރުމަށް" އިންޒާރުދީފައިވާ ކަމަށާއި އެއީ "އެކްޓިވް ކޮމްބަޓް ޒޯނަކާ ކައިރިވެ، ގާނޫނީ ނޭވަލް ބްލޮކޭޑަކާ ހިލާފުން" ކަމަށްވާތީ ކަމަށެވެ.
އެގޮތުން ބޯޓުތަކަށް ޔަހޫދީ ސިފައިންގެ ނިރުބަވެރިއަކު އިނގިރޭސި ބަހުން އިންޒާރުދޭ ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





