
ފްލޮޓީލާގެ ބޯޓުތަކަށް ޔަހޫދީ ސިފައިން އަރައިގަންނަނީ: ގިނަ ބޯޓުތަކެއްގެ މުއާސަލާތީ ސިގްނަލް ޖޭމްކޮށްފައި!
# ޣައްޒާގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަކަށް ނިރުބަވެރި އިސްރާއީލުގެ މަނަވަރުތަކުން ކުރިމަތިލައި އެބޯޓުތަކަށް އެރުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފްލޮޓީލާގެ ގިނަ ބޯޓުތަކެއް ޔަހޫދީ މަނަވަރުތަކުން މިހާރު ވަނީ ވަށާލާފައި އެވެ. އަދި ބައެއް ބޯޓުތަކަށް ސިފައިން ހަމަލާދީފައިވާކަމަށްވެސް ރިޕޯޓުތައް ބުނަމުންދިޔަ ނަމަވެސް ގްލޯބަލް ސުމޫދް ފްލޮޓީލާއިން ރަސްމީކޮށް އަދި މިހާތަނަށް މިކަން ހާމައެއް ނުކުރެއެވެ.
މިކަން ރަސްމީކޮށް ކަށަވަރުވެފައިނުވަނީ ގިނަ ބޯޓުތަކެއްގެ މުއާސަލާތީ ހިދުމަތުގެ ސިގްނަލް އިސްރާއީލުން ޖޭމްކުރުމާއި ގުޅިގެންނެވެ. އެގޮތުން މި ހަރަކާތުގެ ބޯޓުތަކުގެ ލައިވް ފީޑުން މިހާރެު ފެންނަން ހުރީ އެންމެ ބޯޓެއްގެ މަންޒަރުތަކެވެ.
ރޮއެޓާސްއިން ރިޕޯޓުކުރާގޮތުގައި ރޭޑިއޯ މެދުވެރިކޮަށް ޔަހޫދީ އަސްކަރިއްޔާގެ މަނަވަރަކުން ވަނީ މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ބޯޓެއްގެ ކެޕްޓަނުންނަށް އިންޒާރުގެ މެސެޖު ދީފައި އެވެ. އެގޮތުން އިންޒާރަށް ބޯނުލަނބައި ޣައްޒާއާއި ދިމާލަށް ދަތުރުކުރާނަމަ ބޯޓުތައް ހުއްޓުވައި ފަޅުވެރިން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައި ކަމަށް މި ހަރަކާތުގައި ބައިވެރިވާ ޓިއުނީޝިއާގެ އޮފިޝަލުންނާއި ހަވާލާދީ ރޮއެޓާސްއިން ވަނި ބުނެފައި އެވެ،
އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 44 ގައުމުގެ ބައިވެރިން ހިމެނެއެވެ. އަދި މުޅި ޖުމުލަ 400 އަށްވުރެ ގިނަ ބައިވެރިން އަންނަނީ ފްލޮޓީލާގައި އެހީއާއިއެކު ޣައްޒާއަށް ދިޔުމަށް ދަތުރުކުރަމުންނެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!




