
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަކަށް އިސްެރާއީލުގެ ނޭވީން އިންޒާރުދޭން ފަށައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރަމުންދާ ގޮތުގައި މި ހަރަކާތުގެ ހިމެނޭ މައި އެއް ބޯޓު ކަމަށްވާ "އަލްމާ" އަށް ދާދި ދެންމެ އަކު ނިރުބަވެރި އިސްރާއީލުގެ މަނަވަރުން ވަނީ އެސަރަހައްދަކީ އިސްރާއީލުން ބަންދުކޮށްފައިވާ ސަރަހައްދެއް ކަމަށާއި އިތުރަށް ޣައްޒާއަށް ދިމާލަށް ދަތުރުކުރާނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައި އެވެ.
އެގޮތުން އިސްެރާއީލުގެ ނޭވީއިން މި އިންޒާރު ދީފައިވަނީ ރޭޑިއޯ މެދުވެރިކޮަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީންގެ މަނަވަރުތައް މިހާރު ވަނީ "އަލްމާ" ވަށާލާފައި އެވެ.
ރޮއެޓާސްއިން ރިޕޯޓުކުރާގޮތުގައި ރޭޑިއޯ މެދުވެރިކޮަށް ޔަހޫދީ އަސްކަރިއްޔާގެ މަނަވަރަކުން ވަނީ މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ބޯޓެއްގެ ކެޕްޓަނުންނަށް އިންޒާރުގެ މެސެޖު ދީފައި އެވެ. އެގޮތުން އިންޒާރަށް ބޯނުލަނބައި ޣައްޒާއާއި ދިމާލަށް ދަތުރުކުރާނަމަ ބޯޓުތައް ހުއްޓުވައި ފަޅުވެރިން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައި ކަމަށް މި ހަރަކާތުގައި ބައިވެރިވާ ޓިއުނީޝިއާގެ އޮފިޝަލުންނާއި ހަވާލާދީ ރޮއެޓާސްއިން ވަނި ބުނެފައި އެވެ،
އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 44 ގައުމުގެ ބައިވެރިން ހިމެނެއެވެ. އަދި މުޅި ޖުމުލަ 400 އަށްވުރެ ގިނަ ބައިވެރިން އަންނަނީ ފްލޮޓީލާގައި އެހީއާއިއެކު ޣައްޒާއަށް ދިޔުމަށް ދަތުރުކުރަމުންނެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





