
ފްލޮޓީލާގެ ބޯޓުތައް ކުއްލި ހާތަލަށް: ގަޑިއެއްހާއިރު ތެރޭގައި ބޯޓުތަކާއި ޔަހޫދީ އަސްކަރިއްޔާއިން ކުރިމަތިލާނެ ކަމުގެ ރިޕޯޓު!
# ޣައްޒާ-
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތައް ކުއްލި ހާތަލަށް ގެނެސްފައިވާކަން ހާމަކޮށްފި އެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ބޯޓުތަކާއި ދިމާލަށް އިސްރާއީލުގެ އަސްކަރިއްޔާގެ ގިނަ މަނަވަރުތަކެއް އަންނަނީ ދަތުރުކުރަމުންނެވެ. އަދި ކުރިޔަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި ބޯޓުތަކާއި ޔަހޫދީ އަސްކަރިއްޔާއިން ކުރިމަތިލާނެ ކަމަށް ބެލެވެއެވެ.
މިއާއިއެކު ހުރިހާ ބޯޓެއް ކުއްލި ހާލަތަށް ގެނެސް ނުކުމެދާނެ ނަތީޖާއަކަށް މި ހަރަކާތުގެ ހުރިހާ ބައިވެރިން މިހާރު ވަނީ ތައްޔާރުވެފައި އެވެ. އެގޮތުން ހުރިހާ ފަޅުވެރިންވެސް ލައިފް ޖެކެޓު އަޅައިގެން ތިބިކަން މި ހަރަކާތުގެ ލައިވް ފީޑުން މިހާރު ފެނެއެވެ.
އަލްޖަޒީރާ މުބާޝީރު އަށް މައުލޫމާތު ދެމުން އެ ފްލޯޓިލާގައި ބައިވެރިވާ ނޫސްވެރިޔާ ހަޔަތު ޔަމާނީ ވިދާޅުވި ގޮތުގައި އެ ބޯޓުތަކާއި ގާތްގަނޑަކަށް ހަތަރު މޭލު (7.4 ކިލޯމީޓަރު) ދުރުގައި އިޒްރޭލުގެ 12 އުޅަނދު އޮތް ކަމުގެ މައުލޫމާތު ވަނީ ލިބިފައި އެވެ.
އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 40 އަށްވުރެ ގައުމުގެ ބައިވެރިން ބައިވެރިވެއެވެ. އެގޮތުން މި ހަރަކާތުގައި ޖުމުލަ 400 އަށްވުރެ ގިނަ އެކްޓިވިސްޓުން ބައިވެރިވެއެވެ.
ގްލޯބަލް ސުމޫދް ފްލޮޓީލާއަކީ އިޒްރޭލުން ބަނޑަށްޖައްސާފައިވާ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ކަނޑުމަގުން ވަންނަން ކުރާ ޚާއްސަ މަސައްކަތެކެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



