
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަކާއި ކުރިމަތިލާން ޔަހޫދީ އަސްކަރިއްޔާ ބޮޑެު މަނަވަރެއް ދަތުރުކުރަމުން އަންނަތަން ފެންނަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފި އެވެ.

މި ދަތުރުގައި ބައިވެރިވަމުންދާ އަލް ޖަޒީރާގެ ނޫސްވެރިޔާއާއި ހަވާލާދީ އަލްޖަޒީރާ އަރަބިކުން ދާދި ދެންމެ އަކު ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓުތައް މިހާރު ދަތުރުކުރަމުން ދާ މިސްރާބުން އިސްރާއީލުގެ ބޮޑު އަސްކަރީ މަނަވަރެއް މިހާރު އަންނަނީ ބޯޓުތަކާއި ދިމާލަށް ދަތުކުރަމުންނެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
އިސްރާއީލުގެ އަސްަކަރީ މަނަވަރެއް ބޯތުތަކާއި ދިމާލަށް މިސްރާބު ޖަހާފައި މިވަނީ ބޯޓުތައް ހައި ރިސްކު ޒޯނަށް ވަނުމާއިއެކުގައި އެވެ. ކުރިޔަށްހުރި ގަޑިތަކުގެ ތެރޭގައި އިސްރާއީލުން މި ބޯޓުތަކުގެ ކޮންޓްރޯލް ނަގާނެ ކަމަށް ބެލެވެއެވެ. އެގޮތުން ބޯޓުތަކުގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލުގެ ނޭވީ ކޮމާންޑޯއިންވެސް ހިމެނޭހެން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
އަލް ޖަޒީރާއިގެ ނޫސްވެރިޔާ ބުނާ ގޮތުގައި ފްލޮޓިލާގެ ބައިވެރިން މިހާރު ތިބީ ދިމާވެދާނެ ކޮންމެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެ ހައި އެލާޓްގައި އެވެ.
ގުޅުންހުރި

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި

ސުލްހައިގެ ކަންފުޅެއްވެސް ނެތް ނަތަންޔާހޫ ޣައްޒާ ސުލްހައިގެ ބޯޑަށް!

.gif&w=3840&q=75)



