logoEN
Sto top
ފިލިޕީންސްއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 26 އަށް!

ފިލިޕީންސްއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 26 އަށް!

އަހުމަދު ޝުރާއު

logo

10/1/2025, 2:38:43 AM

# ފިލިޕީންސް

-

ފިލިޕީންސްގެ މެދުތެރޭގެ ޖަޒީރާ ޕްރޮވިންސް ސެބޫގެ އައްސޭރިފަށަށް އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ލިބު ގެއްލުންތަކުގައި މިހާތަނަށް 26 މީހުން މަރުވެ ގާތްގަނޑަކަށް 150 މީހުން ޒަހަމްވެއްޖެ އެވެ.

Wamco

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ އަންގާރަ ދުވަހުގެ ރޭ 9:59 ގައި (ޖީއެމްޓީ 13:59) ސެބޫ އައިލެންޑްގެ އުތުރުން 90،000 އެއްހާ މީހުން ދިރިއުޅޭ ސިޓީއެއް ކަމަށްވާ ބޮގޯ ކައިރިއަށް އައި ބާރު ގަދަ ބިންހެލުމަށްފަހުވެސް އިތުރު ހަތަރު ބިންހެލުން އެސަރަހައްދަށް އައި ކަމަށެވެ. އެގޮތުން ފަހުން އައި ކަމަށް ރެކޯޑުކުރެވިފައިވާ ބިންހެލުންތައް އައިސްފައިވަނީ އެވެރެޖްކޮށް 5 މެގްނިޓިއުޑްގައި އެވެ.

ފިލިޕީންސްގެ ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިވަގުތާއި ހަމައަށް 26 މީހުން މަރުވެ 147 މީހަކު ވަނީ ޒަހަމްވެފައި އެވެ. އަދި 22 އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަންވެސް ވަނީ ހާމަކޮށްފައެވެ.

ލޯކަލް އޮތޯރިޓީތަކުން ސެބޫގެ ބައެއް ހިސާބުތަކުގައި "ކުއްލި ހާލަތު" އިއުލާންކޮށްފައިވާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

ބިންހެލުމާއި ގުޅިގެން ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޯލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީން ވަނީ ސެބޫ، ލޭޓޭ އަދި ބިލިރާން ޕްރޮވިންސްގެ ރައްޔިތުން އައްސޭރިފަށާ ދުރުގައި ތިބުމަށް އިލްތިމާސްކޮށް، "އާދަޔާ ހިލާފު ރާޅުތަކަށް ސަމާލުވުމަށް" އިލްތިމާސްކޮށްފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC