
ފިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު، އެޤައުމުގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފި
# ފިލިޕީންސް-
ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އިއްޔެ (8 ޖޫން 2026) އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފިލިޕީންސްގެ ރައީސް ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ ރަސްމީ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ.
އަދި މި ދަތި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް، ޚާއްޞަކޮށް މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް މުޢިއްޒު ވަނީ އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށާއި، ވެއްޓިފައިވާ ބިނާތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް ފިލިޕީންސްގެ فرަންޓްލައިން ވޯކަރުން ކުރަމުންދާ ކުންނުބުރަ މަސައްކަތްތަކަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.
ގުޅުންހުރި

ފިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު، އެޤައުމުގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފި

ފިލިޕީންސުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

މެދުއިރުމަތީގެ ހަނގުރާމަ: ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި




