logoEN
Sto top
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަކާއި ކުރިމަތިލާން ޔަހޫދީ އަސްކަރިއްޔާގެ މަނަވަރުތައް ގާތްވަނީ

ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަކާއި ކުރިމަތިލާން ޔަހޫދީ އަސްކަރިއްޔާގެ މަނަވަރުތައް ގާތްވަނީ

އަހުމަދު ޝުރާއު

logo

10/1/2025, 1:36:02 AM

# ޣައްޒާ

ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތަކާއި ކުރިމަތިލާން ޔަހޫދީ އަސްކަރިއްޔާގެ މަނަވަރުތައް ގާތްވަމުން އަންނަ ކަމަށް ފްލޮޓީލާގައި ބައިވެރިވަމުން އަންނަ ފްރާންސަށް ނިސްބަތްވާ ޔޫރަޕްގެ ޕާލަމެންޓްގެ މެންބަރު ރީމާ ހަސަން ދާދި ދެންމެ އަކު ހާމަކޮށްފި އެވެ.

Wamco

އެމްއީޕީ ރީމާ ހަސަން ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިސްރާއީލުގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ސުމޫދު ފްލޮޓިލާއާއި ކުރިމަތިލުމަށްޓަކައި މިހާރު ކައިރިވަމުންދާ ކަމަށެވެ. އެގޮތުން ޔަހޫދީގެ ކަނޑުގެ ސިފައިންގެ ގިނަ ބޯޓުތަކެއް އަންނަ ކަމުގެ މައުލޫމާތު މިހާރު ލިބިފައިވާ ކަން އޭނާ ހާމަކުރިއެވެ.

ރީމާ މިކަން ހާމަކުރި އިރު އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ދަނީ ގްލޯބަލް ސުމޫދު ފްލޮޓިލާގެ "ކޮންޓްރޯލް" ނަގަން، ޔަހޫދީންގެ ނޭވީ ކޮމާންޑޯތަކުގެ އިތުރުން އިސްރާއީލުގެ ނޭވީގެ ގިނަ އުޅަނދުތަކެއް ބައިވެރިވާ ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ހަމަޖެހިފައިވާކަން ރިޕޯޓުކުރަމުންނެވެ. އެޮގޮތުން ޔަހޫދީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ޕްލޭންގައިވާ ގޮތުގެ މަތީން މި ހަރަކާތުގައި ބައިވެރިވި ހުރިހާ އެކްޓިވިސްޓުން ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސް އަޝްދޯދު ބަނދަރަށް ގެންދާނެ ކަމަށާއި އަދި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު އެކްޓިވިސްޓުން ޑީޕޯޓުކުރަން ނިންމާފައިވާކަންވެސް ކާން އިން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވަމުން އަންނަ އުޅަނދުތަކާއި ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޔަހޫދީން ވަނީ ނިންމާފައި އެވެ. އެގޮތުން ބައެއް އުޅަނދުތައް ޓޯވްކުރުމަށް ނިންމާފައިވާއިރު ބައެއް އުޅަނދުތަކަށް ހަމަލާދީ ފައްތާލަން ނިންމާފައިވާކަމަށްވެސް ކާންއިން ދަނީ ރިޕޯޓުކުރަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
HDC