.jpg&w=3840&q=75)
ގްލޯބަލް ސުމޫދް ފްލޮޓީލާ އާއި ކުރިމަތިލާން ޔަހޫދީންގެ ސަލާމަތީ ބާރުތައް ތައްޔާރުވެއްޖެ އެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ރިޕޯޓްކުރާ ގޮތުގައި ގްލޯބަލް ސުމޫދު ފްލޮޓިލާގެ "ކޮންޓްރޯލް" ނަގަން، ޔަހޫދީންގެ ނޭވީ ކޮމާންޑޯތަކުގެ އިތުރުން އިސްރާއީލުގެ ނޭވީގެ ގިނަ އުޅަނދުތަކެއް މިހާރު އަންނަނީ ބޮޑު އަޮޕަރޭޝަނެއް ފެށުމަށް ތައްުޔާރުވަމުންނެވެ.
އަދި ޔަހޫދީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ޕްލޭންގައިވާ ގޮތުގެ މަތީން މި ހަރަކާތުގައި ބައިވެރިވި ހުރިހާ އެކްޓިވިސްޓުން ނޭވީގެ ބެލުމުގެ ދަށަށް ގެންގޮސް އަޝްދޯދު ބަނދަރަށް ގެންދަން ވަނީ ނިންމާފައި އެވެ. އަދި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު އެކްޓިވިސްޓުން ޑީޕޯޓުކުރަން ނިންމާފައިވާކަމަށްވެސް އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ދަނީ ރިޕޯޓުކުރަމުންނެވެ.
މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވަމުން އަންނަ އުޅަނދުތަކާއި ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޔަހޫދީން ވަނީ ނިންމާފައި އެވެ. އެގޮތުން ބައެއް އުޅަނދުތައް ޓޯވްކުރުމަށް ނިންމާފައިވާއިރު ބައެއް އުޅަނދުތަކަށް ހަމަލާދީ ފައްތާލަން ނިންމާފައިވާކަމަށްވެސް ކާންއިން ދަނީ ރިޕޯޓުކުރަމުންނެވެ.
މިފަދައިން ޔަހޫދީ މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު ފްލޮޓިލާއާއެކު ދަތުރުކުރާ ބައެއް ސިޔާސީ މީހުންގެ ތެރޭގައި ހިމެނޭ ޔޫރަޕްގެ ޕާލަމެންޓްގެ މެމްބަރު އެމާ ފޯރޯ ވަނީ ފްލޮޓީލާ ހުއްޓުވަން އިސްރާއީލުގެ އަޝްޑޯޑް ބަނދަރުން އަސްކަރީ ބޯޓެއް ފުރައިގެން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަން ހާމަކޮށްފައެވެ.
ގްލޯބަލް ސުމޫދް ފްލޮޓީލާގައި ހިމެނޭ އުޅަނދުތައް ހައި ރިސްކު ނުވަތަ ރަތް ޒޯނަށް ވަނީ ރާއްޖެގަޑިން ފަތިހު 05:00 ހާއިރު އެވެ. މި ރަތް ޒޯނަކީ ފްލޮޓީލާއިން މީގެ ކުރިން ވެސް ޣައްޒާއަށް ދާންކުރި މަސައްކަތް ހުއްޓުވައި އިޒްރޭލު ސިފައިން އަރައި އެކްޓިވިސްޓުން ހައްޔަރުކުރި ސަރަހައްދެވެ.
އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 44 ގައުމުގެ ބައިވެރިން ހިމެނެއެވެ. އަދި ފްލޮޓީލާގައި ޣައްޒާގެ އައްސޭރިފަށަށް 50 އަށްވުރެ ގިނަ އުޅަނދު އަންނަނީ ދަތުރުކުރަމުންނެވެ. މި އުޅަނދުތަކަށް އިޓަލީ އާއި ސްޕެއިނުން ރައްކާތެރިކަން ދެމުން އައި ނަމަވެސް އިޓަލީގެ އަސްކަރީ މަނަވަރުން ރޭގެ ވަގުތެއްގައި ވަނީ ފަހަތަށް ޖެހިފައި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީގެ ޑްރޯންތަކެއްވެސް އަންނަނީ ބޯޓުތައް ދަތުރުކުރަމުން އަންނަ ސަރަހައްދުގައި އުދުހެމުންނެވެ.
ގުޅުންހުރި

ޤައްސާމް ބްރިގޭޑްސްގެ އައު ކޮމާންޑަރު އޫދާ އަވަހާރަކޮށްލައިފިން - އިޒްރޭލު

ޣައްޒާގެ ފުލުހުންގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި: 3 ފުލުހަކު ހިމެނޭހެން 7 މީހަކު ޝަހީދުވެއްޖެ

މިއަދުގެ މިވަގުތާއި ހަމައަށް އެކަނިވެސް ޣައްޒާއިން 12 މީހަކު ޝަހީދުކޮށްލައިފި




