logoEN
Sto top
ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތައް ރަތް ޒޯނަށް ވަދެފި

ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތައް ރަތް ޒޯނަށް ވަދެފި

އަހުމަދު ޝުރާއު

logo

10/1/2025, 1:02:26 AM

# ޣައްޒާ

-

ޣައްޒާގެ ހިސޯރު ނައްތާލުމަށް ގިނަ އަދަދެއްގެ އެކްޓިވިސްޓުން ކަނޑުމަގުން ޣައްޒާއަށް ދިޔުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ ބޯޓުތައް ރަތް ޒޯނަށް ވަދެފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި ސުމޫދް ފްލޮޓީލާގެ ބޯޓުތައް މިހާރު ތިބީ ޣައްޒާގެ އައްސޭރިފަށާއި 150 އެއްހާ ނޯޓިކަލް މޭލު ދުރުގައި އެވެ.

ގްލޯބަލް ސުމުދު ފްލޮޓިލާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޣައްޒާއަށް ދަތުރު ކުރަމުންދާ ބޯޓުތައް މިހާރު ހައި ރިސްކް ސަރަހައްދަކަށް ވަދެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ހައި އެލާޓްގައި،" ޖީއެސްއެފް އިން ބުންޏެވެ. އަދި ކުރިއަށް އޮތް ގަޑިތަކުގައި ހިނގާފާނެ ހާދިސާއަކަށް ތައްޔާރުވަމުންދާކަމަށް ވެސް ބަޔާނުގައި ބުނެފައި އެވެ.

ގްލޯބަލް ސުމޫދް ފްލޮޓީލާގައި ހިމެނޭ އުޅަނދުތައް ހައި ރިސްކު ނުވަތަ ރަތް ޒޯނަށް ވަނީ ރާއްޖެގަޑިން ފަތިހު 05:00 ހާއިރު އެވެ. މި ރަތް ޒޯނަކީ ފްލޮޓީލާއިން މީގެ ކުރިން ވެސް ޣައްޒާއަށް ދާންކުރި މަސައްކަތް ހުއްޓުވައި އިޒްރޭލު ސިފައިން އަރައި އެކްޓިވިސްޓުން ހައްޔަރުކުރި ސަރަހައްދެވެ.

އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ މި ފްލޮޓީލާގައި 44 ގައުމުގެ ބައިވެރިން ހިމެނެއެވެ. އަދި ފްލޮޓީލާގައި ޣައްޒާގެ އައްސޭރިފަށަށް 50 އަށްވުރެ ގިނަ އުޅަނދު އަންނަނީ ދަތުރުކުރަމުންނެވެ. މި އުޅަނދުތަކަށް އިޓަލީ އާއި ސްޕެއިނުން ރައްކާތެރިކަން ދެމުން އައި ނަމަވެސް އިޓަލީގެ އަސްކަރީ މަނަވަރުން ރޭގެ ވަގުތެއްގައި ވަނީ ފަހަތަށް ޖެހިފައި އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީގެ ޑްރޯންތަކެއްވެސް އަންނަނީ ބޯޓުތައް ދަތުރުކުރަމުން އަންނަ ސަރަހައްދުގައި އުދުހެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC