
ކުރީގެ ސަރުކާރުތަކުން ވެމްކޯގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި
# ވެމްކޯ-
ފާއިތުވި އަހަރުތަކުގައި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ ތެރެއިން މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައިވާ މުއާމަލާތްތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

އެކުންފުނީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވެމްކޯގެ ފާއިތުވި އަހަރުތަކުގެ އިންޓާނަލް އޮޑީޓް ރިޕޯޓުތަކުން ފާހަގަވެފައިވާ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައި ހުރި މުއާމަލާތްތައް ބެލުމަށް އެ ކުންފުނީގެ އިސްނެގުމަށް މިހާރު ވަނީ ކަމާ ބެހޭ ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދޭނެ ޖެހޭ ހުރިހާ މައުލޫމާތާތެއް ހިއްސާކުރެވިފައި ކަމަށެވެ.
އަދި އިިދާރާތަކުން ބޭނުންވެގެން އެދިވަޑައިގެންނެވި ހުރިހާ މައުލޫމާތެއްވެސް އެފަރާތްތަކަށް ފޯރުކޮށްދީ ފުރިހަމަ އެއްބާރުލުން ދީފައިވާނެކަން ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.
"މިގޮތުން އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތަށް މި ކޯޕަރޭޝަނުން ވާނީ މައްސަލަތަކާއި ގުޅުންހުރި ލިޔުންތަކާއި އިތުރު މައުލޫމާތު ފޯރުކޮށްދީފައި އެވެ. " ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ އެކޯޕަރޭޝަނުން އަބަދުވެސް އަންނަނީ ދެފުއް ފެންނަ ވީހާ ވެސް ހާމަކަށް ބޮޑު ގޮތެއްގައި މި ފަދަ ކަންކަމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށާއި އަދި ރައްޔިތުންނާއި ގުޅުންހުރި މިފަދަ މާލީ މައްސަލަތައް ބެލި އެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު އަޅައި ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަނުގެ ޔަގީންކަންވެސް ވަނީ އަރުވާފައި އެވެ.
ގުޅުންހުރި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

ރޯދަ މަހު މާލެ ސަރަހައްދުން ކުނި ނަގާނެ ވަގުތުތައް ވެމްކޯއިން ކަނޑައަޅައިފި

ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

.gif&w=3840&q=75)



