logoEN
Sto top
ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއާއި އެޗް.ޑީ.ސީ އާއި ދެމެދު އެމްއޯޔޫއެއް!

ތިމާވެށި ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއާއި އެޗް.ޑީ.ސީ އާއި ދެމެދު އެމްއޯޔޫއެއް!

އަހުމަދު ޝުރާއު

logo

9/30/2025, 12:28:03 PM

# އެޗްޑީސީ

-

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި އެވެ.

Wamco

އެވުޒާރާއިން ބުނީ މި އެމް.އޯ.ޔޫގެ ދަށުން ގޮނޑުދޮށް ސާފުކުރުމާއި، 'މަންސާ' ގެ ނަމުގައި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން، 3 އޮކްޓޯބަރ 2025 ގައި ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި ހަރަކާތަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނަސަބާތުގައި ފަށާ ޕްރޮގްރާމެކެވެ. މ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ގޮނޑުދޮށާއި ކަނޑުފަޅުގެ މާހައުލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ބާރުއެޅުމެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ ކުނީގެ އޮޑިޓްއެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

އަދި މި ޕްރޮގްރާމްގެ ދަށުން އެއްކުރެވޭ ކުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެހީއާއެކު ރާއްކާތެރިގޮތެއްގައި މެނޭޖްކުރުމަށް ގެންދާނެއެވެ.

މި އާއިއެކު، އެ ދުވަހުގެ ރޭގަނޑުގައި 'މަންސަ' ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ހިންގުމަށް ވަނީ ރާވާފައިއެވެ.

މި ހަރަކާތްތަކަކީ ދުނިޔޭގެ އަދި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާތާއި ގުޅިވައިގެން ހިންގާ ހަރަކާތްތަކެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރެވެ. އަދި ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައިއެވެ.

މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ 'ފަތުރުވެރިކަމާއި ދެމެހެއްޓެނެވި ބަދަލު' މި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC