
ތެލެސީމިއާއަށް ހޭލުންތެރިކުރަން، އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
# ތެލަސީމިއާ# އެޗްޑީސީފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް، އެޗްޑީސީއާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން، އިމާން މުހައްމަދު އެވެ.
އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގްސަދަކީ، ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ތެލެސީމިއާ އާ ގުޅިގެން ރާއްޖޭގައި ލޭއަޅާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް، މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމެވެ.
ގުޅުންހުރި

ވަކިބަޔަކަށް މަންފާވާގޮތަށް ޕާކިން ސްލޮޓްތައް ދޫކުރާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި

އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރާ 2000 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށައިފި




