
އެމެރިކާ ސަރުކާރުން ދިވެހި އަސްކަރިއްޔާގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ މުހިންމު އާލާތްތަކެއް ހަދިޔާކޮށްފި
# އެމްއެންޑީއެފް-
އެމެރިކާ ސަރުކާރުން އެމްއެންޑީއެފަށް، ޚާއްޞަ އޮޕަރޭޝަންތަކަށް ބޭނުންވާ ސީޓީ އިކުއިޕްމަންޓް ހަދިޔާކުރައްވައިފިއެވެ.

ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ހޫގޯ ޔޮންއެވެ. އަދި، އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިންގ އިކުއިޕްމަންޓާއި، ޕަރސަނަލް ގިޔަރގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ. އެމެރިކާއިން ހަދިޔާކުރި އިކުއިޕްމަންޓުގެ ސަބަބުން، އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިސް އެކްސެލެންސީ ހޫގޯ ޔޮން ވަނީ، ދެ ޤައުމުގެ ދިފާޢީ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެމެރިކާގެ ފަރާތުން ވެދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، އެ އިކުއިޕްމަންޓުގެ ސަބަބުން އެމްއެންޑީއެފްގެ ހަރަކާތްތެރިކަމާއި ޤާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ދިފާޢީ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިއީ ދިިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދިފާޢީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ ސަލާމަތަށް ދެ ޤައުމުން ދެމުންދާ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ލިބިގެންދިޔަ މުހިންމު އެހީއެކެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމެރިކާގެ، އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުންހުރި
.webp&w=3840&q=75)
ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ލައިވް ވަޒަނާއިއެކު ހުޅުމާލޭގެ އިރުން ކަނޑުމަތީގައި ކުރިޔަށް ގެންދަނީ

ވިއްސާރާގައި އައްޑޫގެ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީ ހުޅުމީދޫ އިކޯރ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް: އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ!
