logoEN
Sto top
ހިޔާލުން ހުޅުމާލެ: ހުޅުމާލެއަށް ގެންނަން ބޭނުންވާ ބަދަލުތައް އެޗްޑީސީއާއި ހިއްސާކުރުމަށް ޚާއްސަ ފޯރަމެއް!

ހިޔާލުން ހުޅުމާލެ: ހުޅުމާލެއަށް ގެންނަން ބޭނުންވާ ބަދަލުތައް އެޗްޑީސީއާއި ހިއްސާކުރުމަށް ޚާއްސަ ފޯރަމެއް!

އަހުމަދު ޝުރާއު

logo

9/29/2025, 8:32:31 AM

# އެޗްޑީސީ

-

ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް 'ހިޔާލުން ހުޅުމާލެ'ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

Wamco

އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގެ ތަރައްގީގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓަރޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށާއި އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒެއް ކަމަށެވެ.

އެގޮތުން، މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި (ސޯޝަލް ޕްލޭން)، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް (ޓްރާންސްޕޯޓް ޕްލޭން) ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން (ލޭންޑްސްކޭޕް ޕްލޭން)އާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެކަމަށް އެޗްޑީސީން ބުނެެއެވެ.

ހިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގެ ތަރައްގީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ހިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC