logoEN
Sto top
އުދައްޔު މަރާލުމުގެ ކުށް ސާބިތުވި ދެމީހުންނަށް މަރުގެ ހުކުމް އިއްވައިފި

އުދައްޔު މަރާލުމުގެ ކުށް ސާބިތުވި ދެމީހުންނަށް މަރުގެ ހުކުމް އިއްވައިފި

އަހުމަދު ޝުރާއު

logo

9/28/2025, 3:40:07 PM

# ގއ.މާމެންދޫ

-

މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔަށް ވަޅިން ހަމަލާދީ މަރާލުމުގެ ކުށް ސާބިތުވި ދެ މީހަކު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

Wamco

އުދައްޔު މަރާލުމުގެ ކުށް ސާބިތުވެފައި ވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި އެރަށު ގުލްފާމްގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. އެ މައްސަލައިގައި ދެން ދައުވާ އުފުލި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފައެވެ. ނަމަވެސް ޝަރަފާއި މާޒިންގެ މައްޗަށް މާރާމާރީގެ ދައުވާ ވަނީ ސާބިތުވެފައެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އުދައްޔުގެ ބައްޕަ ބުނީ އެ މީހުންނަށް ދޭން ބޭނުންވަނީ އެންމެ ބޮޑު އަދަބެއް ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ދޭން އޭނާ އެދުނެވެ. އުދައްޔުގެ މަންމަ ބުނީ ޝަމީމާއި މާޒިން ކުރި ކަންތައް އެ މީހުން އަމިއްލައަށް ތެދުބަހުން ކިޔައިދީފިނަމަ މައާފް ދޭން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް

އުދައްޔުގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ، ޝަމީމާއި މާޒިން މެެރުމަށް މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމް ކުރެއްވިއެވެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން ދިހަ އަހަރަށް ޖަލަށްލުމަށާއި މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި ޝަރަފް ހަތް އަހަރަށް ޖަލަށްލާންވެސް ހުކުމްކުރެއްވިއެވެ.

އުދައްޔު މަރާލި ކަމުގެ ކުށުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށްވެސް އުފުލިއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި 25 އަހަރާއި ފަސް މަހަށް ބަންދުކުރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދައްކަން ވެސް ހުކުމް ކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC