
ގއ މާމެންދޫ
ގއ މާމެންދޫ ފިހާރައަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ, މާމެންދޫ ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ފިހާރައިން ފައިސާއާއި އެހެނިހެން ތަކެތި ވަގަށް ނަގާފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)