logoEN
Sto top
ގުރައިދޫ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ގުރައިދޫ ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/26/2025, 6:02:21 AM

# ތ. ގުރައިދޫ

-

ތ ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަށް ބަދަލުކުރުމަށްޓަކައި އިމާރާތްކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގުރައިދޫއަށް ވަޑައިގެން މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ތ. ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ ވެމްކޯއާއެވެ.

ގުރައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ގެ ފަރާތުން ބިންގާ އަޅުއްވާ ދެއްވީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

މި މަޝްރޫއު ވެމްކޯއާއި ހަވާލުކޮށްފައިވަނީ 32.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC