
-
ތ ވޭމަންޑޫގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓު ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ތ އަތޮލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވޭމަންަޑޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި ރަސްމިއްޔާތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރު މުސާ ޒަމީރު އާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު ރިޔާޟް އާއި ވޭމަންޑޫ ރަށު ކައުންސިލްގެ ރައީސް ރަޝްވާން އާދަމްއެވެ.
ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭސްޓްމެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއިއެވެ.
ކުނި މެނޭޖްކުރުމުގެ އެކަށޭނަ ނިޒާމެއް ހުރިހާ ރަށެއްގައި ޤާއިމުކުރުމަށްޓަކައި ކުނި މެނޭޖްކުރާ މަރުކަޒު ނުވަތަ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުމްލަ 128 ރަށުގައި ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފައިއެވެ.
ގުޅުންހުރި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން، ވެންޓިލޭޓަރުން މިހާރު ނަގައިފި - ވެމްކޯ

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

ރޯދަ މަހު މާލެ ސަރަހައްދުން ކުނި ނަގާނެ ވަގުތުތައް ވެމްކޯއިން ކަނޑައަޅައިފި

.gif&w=3840&q=75)



