
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފި
# ކަސްޓަމްސް ސާވިސަސް-
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އެއިދާރާއިން އަތުލައިގަނެފައިވާ ކަމަށާއި މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން މިއަދު ކަމަށެވެ.
އެގޮތުން ޝިޕްމެންޓުގައި ފޮރުވައިގެން އެތެރެކުރަން މަސައްކަތްކޮށްފައިވަނީ 1،840،000 ސިގިރޭޓް ސްޓިކް ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.
ކަސްޓަމްސްއިން ވަނީ މިއަހަރުގެ ކުރީކޮޅު ހުޅުމާލޭ ސިކާގޯ ޓާމިނަލުން ރާއްޖެ އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިގްރޭޓް ޝިޕްމެންޓެއްވެސް އަތުލައިގެންފައެވެ. އެގޮތުން އެފަރަހުވެސް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަނީ އަތުލައިގެންފައެވެ.
ގުޅުންހުރި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފި

"ޓްރޭޑިއަން" ޕޯޓަލްއަށް ކަސްޓަމްސްގެ އިތުރު ހިދުމަތެއް!

އަންނަ މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި!
