
ދުނިޔޭގެ މޫސުމާއި ބެހޭ އިދާރާގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރު ޠާރިޤް ބައްދަލުކުރައްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިޤް އިބްރާހީމް، ވޯލްޑް މެޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ) ގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި އެވެ.

އދ ގެ 80 ވަނަ އާންމު މަޖިލީހުގެ ހަވަސާގެ ތެރެއިން ކުރިޔަށްދިޔަ މި ބައްދަލުކުރެްވުމުގައި ރާއްޖޭގައި 'އާރލީ ވޯނިންގްސް ފޯ އޯލް' ގެ ނިޒާމު ކުރިއެރުވުމާ ގުޅޭގޮތުން ދެބޭފުން ވަނީ މަޝްވަރާކުރައްވާފައި އެވެ.
އެންޔަރަމެންޓު މިނިސްޓްރިން ބުނީ މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރަށްފުށުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ގުދުރަތީ ނުރައްކާތަކުން ރައްކާތެރިކުރުމާ އަދި ކުރިމަގުގެ އިންޒާރު ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކުރުން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޠާރިޤް ވަނީ، ދިވެހިރާއްޖޭގެ ރަށްފުށުގެ ރައްޔިތުން ތަފާތު ގުދުރަތީ ކާރިސާތަކުން ރައްކާތެރިކުރުމަށްޓަކައި، ގިނަ ނުރައްކާތަކުން ރައްކާތެރިވުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށް ވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގެ ނުރައްކާ ބޮޑު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ޑަބްލިއު.އެމް.އޯގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންވެސް މިނިސްޓަރު ވަނީ ސެކްރެޓަރީ ޖެނެރަލްއާ މަޝްވަރާކުރައްވާފައެވެ. މިގޮތުން، މޫސުމީ ކާރިސާތަކާއި އެހެނިހެން ގުދުރަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ތަޖުރިބާ އާއި ވަސީލަތްތައް ހޯދުމަށް ޑަބްލިއު.އެމް.އޯގެ އެހީ ފުޅާކުރުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުންހުރި

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

އީ-ވޭސްޓް ހެކަތޯން 2025 ކާމިޔާބީއާއެކު ނިންމާލައިފި

ޕްލާސްޓިކްގެ ނުރައްކާ ނައްތާލުމަށް ދުނިޔޭގެ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައފި
