
ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި
# އެކޮނޮމިކް މިނިސްޓްރީ-
ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއްފަރާތްތަކާއި، ވިޔާފާރީގެ އެކިކަންކަމުގައި އުޅުއްވާ ފަރާތްތަކާއިއެކު ބައްދަލުވެ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްލައްވަން ފުރުސަތު ފަހިވެގެންދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އިއްޔެ، ކުޅުދުއްފުށި ސިޓީގެ ގިނަ ފަރާތްތަކަކާއެކު ބައްދަލުވެ ހިޔާލުބަދަލުކޮށްލަން ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، ރައީސް ޑރ. މުޢިއްއްޒުގެ ސަރުކާރުން، އެސިޓީގެ ތަރައްޤީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ ކަންކަމުގެ މަޢުލޫމާތުވެސް އެފަރާތްތަކާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
މިނިސްޓަރ ސަޢީދު ވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގުޅިގެން އިއްޔެ ކުޅުދުއްފުށި ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގެންފިއެވެ.
މިގޮތުން "ކުޅުދުއްފުށި ބިޒްނަސް ބްރީފް" ގެ ނަމުގައި އިއްޔެ ބޭއްވެވި މި ސެޝަންގައި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކްރިއޭޓިވް އިކޮނޮމީގެ ފުރުޞަތުތަކާއި، ކުރިއަށް އޮތް އެމްއެސްއެމްއީ އެވޯޑްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން އެ ސިޓީގެ ވިޔަފާރިވެރިންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި މަޢުލޫމާތު ސެޝަން ކުރިއަށްގެންގޮސްފައިވަނީ މިނިސްޓަރ ސަޢީދު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ގުޅުންހުރި

ރާއްޖެ-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް ފަށައިފި

"ގްރޭންޑް ހަލާލް ބެންކޮކް 2026" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް!

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި




