
-
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ސަޢީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި އެވެ.
މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ ވިޔަފާރިވެރިންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި މަޢުލޫމާތު ދިނުމުގެ ސެޝަނެއްގައި މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބައްލަވާލައްވައި، މި ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ގުޅުންހުރި

ރާއްޖެ-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް ފަށައިފި

"ގްރޭންޑް ހަލާލް ބެންކޮކް 2026" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް!

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި




