
-
މާލެއިން ފުރައިގެން ތިލަދުއްމައްޗަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

ސިފައިން މިއަދު ބުނީ މާލެއިން ފުރައިގެން ހއ.ދިއްދޫއަށް ދަތުރުކުރަމުންދިޔަ "މެގަ ހޯރަ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ނ.ވަވަތިކުރޮޅިއަށް ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
61މީހުންނާ އެކު ދަތުރުކުރި 98 ފޫޓްގެ މި ބޯޓު ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ އިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ގުޅުންހުރި

ދިއްދޫ ހައުސިންގ ޔުނިޓު މަޝްރޫޢު ނިމުމަކާ ގާތަށް، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތް!

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު: 20 ދުވަހުން 41 ހެކްޓަރު ހިއްކައިފި

ދިއްދޫ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި




