logoEN
PNC TOP 3
ހިޔާ ސަރަހައްދުގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ހިޔާ ސަރަހައްދުގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

އަހުމަދު ޝުރާއު

logo

9/21/2025, 5:13:02 PM

# ހުޅުމާލެ ހޮސްޕިޓަލް

ފޮޓޯ: ދިޔަރެސް

ހުޅުމާލެ ހޮސްޕިޓަލުގެ ޖެނަރަލް ޕްރެކްޓިޝަން ކްލިނިކުގެ ޚިދުމަތް 24ގަޑިއިރަށް ބަދަލުކޮށްފި އެވެ.

PNC MID 2

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އެހޮސްޕިޓަލުގެ ޖެނަރަލް ޕްރެކްޓިޝަން ކްލިނިކުގެ ހިދުމަތް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިކަން އެކްސްގައި ހާމަކުރައްވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤު ހަލީމް ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، މިރެއިން ފެށިގެން 24 ގަޑިއިރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޤައުމީ ސިޔާސަތާ އެއްގޮތަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި މި ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރެވުނު ކަންވެސް ހަލީމް ފާހަގަކުރެއްވި އެވެ،

މި ކަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި، ހިތްހަމަޖެހުމާއި، އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބިގެންދާނެ ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC