
-
ފ. ނިލަންދޫގައި ޤާއިމުކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެން މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަރިހުގައި ނިލަންދޫ ދާއިރާ މެންބަރު ފާޠިމަތު ސަޢުދާ، މާލެ ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އަދި ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ފ.ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 69,327,865.84 ދިވެހި ރުފިޔާ އެވެ. އަދި މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.
މި މަޝްރޫޢުގެ މައިގަނޑު ސްކޯޕްގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މިއާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
ގުޅުންހުރި

ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ގާއިމްކޮށް ހިދުމަތް ފަށައިފި

ނިލަންދޫ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި




