
-
ފ ނިލަންދޫގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި ބަނދަރުހެދުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ނިލަންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޙްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން، ކާރުހާނާ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުއަކީ ދިވެހި މަސްވެރިކަން ކުރިއެރުވުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި މަސް ގަންނާނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.
.gif&w=3840&q=75)





