logoEN
PNC TOP 3
ފ އަތޮޅުގެ ފުރަތަމަ އެއާޕޯޓު ނިލަންދޫއަށް: މަޝްރޫއު އެމްއޭސީއެލްއަށް!

ފ އަތޮޅުގެ ފުރަތަމަ އެއާޕޯޓު ނިލަންދޫއަށް: މަޝްރޫއު އެމްއޭސީއެލްއަށް!

އަހުމަދު ޝުރާއު

logo

9/20/2025, 6:04:30 PM

# ފ. ނިލަންދޫ

-

ފ ނިލަންދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުގެ މައި އެއާޕޯޓު ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ.

PNC MID 2

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްހުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ފ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

މި މަޝްރޫއު ސަރުކާރުން އެމްއޭސީއެލްއާއި ހަވާލުކުރީ 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ނިލަންދޫގައި 1800 މީޓަރުގެ ދިގު ރަންވޭއަކާއިއެކު ޒަމާނީ ފެންވަރުގެ ޓާމިނަލް އިމާރާތަކާއި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ނިލަންދޫ އެއާޕޯޓު ވެގެންދާނި ފ އަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއާޕޯޓަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC