
-
ފ ނިލަންދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ފ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އެވެ.
މީގެ ކުރިން އެރަށުގައި ކުނި މެނޭޖްކުރަމުންދިޔައީ ކައުންސިލްގެ ފަރާތުންނެވެ. ނަމަވެސް މިރޭ ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއިއެކު އެރަށުގައި ކުނި މެނޭޖްކުރާނެ ސެންޓަރަރެއް ގާއިމްކުރުމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް އެރަށަށް ފުޅާވެގެންދާނެ އެވެ. މިއާއިއެކު އެރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެމްކޯގެ އޮޕަރޭޝަން ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން - ވެމްކޯ

ގަމުގައި މެޓް އޮފީހުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއަށް!

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި
(1).jpg&w=3840&q=75)




