logoEN
PNC TOP 3
ނިލަންދޫ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ނިލަންދޫ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/20/2025, 5:34:10 PM

# ފ. ނިލަންދޫ

-

ފ. ނިލަންދޫ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

PNC MID 2

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ނިލަންދޫޢަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. މިނިސްޓްރީ ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑޮކްޓަރ ޢަބްދުالله މުއްޠަލިބް އެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ނިލަންދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ 115.23 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނު މަޝްރޫއެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC