logoEN
PNC TOP 3
 ފެލިދޫ އައުޓް ޑޯ ޖިމް ހުޅުވައިފި

ފެލިދޫ އައުޓް ޑޯ ޖިމް ހުޅުވައިފި

އަހުމަދު ޝުރާއު

logo

9/20/2025, 7:50:44 AM

# ވ. ފެލިދޫ

-

ވ. ފެލިދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓް ޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި އެވެ.

PNC MID 2

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މިއަދުގެ ރަސްމިއްޔާތުގައި ފެލިދޫ އައުޓްޑޯ ޖިމްގެ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސ،ް ފިޓްނަސް އެންޑް ރެކްރިއޭޝަނ،ް އޮނަރަބަލް ޢަބްދުالله ރާފިއު އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑައި ރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއ،ި ފެލިދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތް ކުރުމާއި މި އައުޓް ޑޯ ޖިމަށް ބޭނުންވާ އިކުއިޕްމަންޓްތައް ހަރުކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.

މިމަޝްރޫއަކީ 2.91 ލައްކަ ރުފިޔާއަށް 50 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC