
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ ޝަހީބް ފުލުހުންނާއި އަމިއްލައަށް ހަވާލުވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ އިބްރާހިމް ޝަހީދު މިރޭ އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ ޝަހީބް އިބްރާހީން މިރޭ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝަހީބް އިބްރާހިމް ހޯދަމުންދިޔައީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޝަހީބަކީ ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދޫކޮށްލި މީހެކެވެ.
ގުޅުންހުރި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ ޝަހީބް ފުލުހުންނާއި އަމިއްލައަށް ހަވާލުވެއްޖެ

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު ހައްޔަރަށް!

ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރަން، ފޮޓޯތަކުން އެހެން ފެންނަނީ ވަކި އެންގަލްއަކުން ނަގާފައިވުމުން - ފުލުހުން
