
ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މި ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 5ލީޓަރުގެ ހަ ފުޅިއާއި، 500އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް، ސައްބިރް ހޮސައިން (33އ) އާއި، ބަންގްލަދޭޝް، މުހައްމަދު ބަދަލް (52) އާއި އިންޑިއާ، ރާޖު ދަސް (20އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު ހައްޔަރަށް!

ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރަން، ފޮޓޯތަކުން އެހެން ފެންނަނީ ވަކި އެންގަލްއަކުން ނަގާފައިވުމުން - ފުލުހުން

ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް އަންހެން ފުލުހުން ރައްޔިތުންނާއި ގާތަށް!
