logoEN
Sto top
ޣާޒީ ސްކޫލު ސަރަހައްދުގައި ”ރަމަތަ ޕްރޮގްރާމް” ކުރިއަށް ގެންގޮސްފި

ޣާޒީ ސްކޫލު ސަރަހައްދުގައި ”ރަމަތަ ޕްރޮގްރާމް” ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

9/17/2025, 1:31:46 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހުޅުމާލެ ސްކޫލުތައް ކައިރީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ރަމަތަ ޕްރޮގްރާމް” ގެ ޕައިލެޓް ހަރަކާތް ހުޅުމާލޭ ޣާޒީ ސްކޫލު ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

Wamco

ރަމަތަ ޕްރޮގާރަމަކީ ހުޅުމާލޭގެ މަގުތައް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށާއި ރައްޔިތުން ހޭލުންތެރިކުރުވައި، ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހުޅުމާލޭގެ ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ޓްރެފިކް މޮނީޓަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މިއަދު ފެށި މި ޕްރޮގްރާމުގައި، އެ ސްކޫލުގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރިވަރުން ސްކޫލު ސަރަހައްދުގައި އާންމު ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅަނދު ދުއްވުމަށް އިރުޝާދުދީފައިވެއެވެ. ހަމަ އެހެންމެ، އުޅަނދު ޕާކުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގު ހުރަސްކުރާ ވަގުތުތަކުގައި މަގުގެ ދެފަރާތް ރަނގަޅަށް ބެލުމަށާއި މަގުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC