logoEN
Sto top
މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފި

މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

9/16/2025, 12:22:06 PM

# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

Wamco

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލް މަޖިލީހުން ފާސްކޮށްފައިމިވަނީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރު ޖަލްސާގައި ނެގި ވޯޓުންނެވެ. މި ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ 60 މެމްބަރުންގެ ވޯޓާއިއެކުގައި އެވެ.

މި ބިލާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވީ އެންމެ މެމްބަރެކެބެ. އެއީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އަދި ސަރުކާރާއި އިދިކޮޅު އެމްޑީޕީ މެމްބަރުން މި ވޯޓުގައި ބައިވެރިވެފައި ނުވެއެވެ. އެގޮތުން މަޖިލީހުގެ ގަވާއިދާ ހިލާފުވި ކަމަށްބުނެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްގެ ނަން އިއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ބޭރުކޮށްފައެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިމިވަނީ ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އާއި ރާއްޖޭގެ މީޑިއާ ކައުންސިލުން މި ބިލް މަޖިލީހުން ބޭރުކޮށްލަށް ގޮވާލަމުން ދަނިކޮށެވެ. އެގޮތުން އެމްއެމްސީއާއި އެމްޖޭއޭ އަދި ރާއްޖޭގެ ބައެއް ނޫސްވެރިން ދަނީ މަޖިލީސް ކުރާ ގެ ކައިރީގައި މި ބިލާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

މި ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ބިލް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމާއިއެކު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅި އިތުރު 4 އިސްލާހަކާއިއެކުގައި އެވެ. މަމްދޫހު ހުށަހެޅި އިސްލާހުތަކަށް ވެސް ވަކިން ވޯޓަށް އެހި އިރު މުޅި ބިލަށް ވޯޓަށް އެހީ އެއަށްފަހުގައި އެވެ.

މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން މަޖިލީހުން ބިލް ފާސްކުރިއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށް، ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތައް ގެނެސް ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ ވަކިވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކޮށްފައި އޮތުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC