
އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި
# ޑިފެންސް މިނިސްޓަރ-
އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނިފަރ ހެރިސް، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވައިފިއެވެ.

އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރ އަކީ ރާއްޖެއާއި އޮސްޓްރޭލިއާގެ ދިފާއީ ބާރުތަކާއި ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ އަސްކަރީ ތަމްރީނެކެވެ. މިއަހަރުގެ އަސްކަރީ ތަމްރީން މިމަހުގެ 13 ވަނަ ދުވަހު ރާއްޖޭގައި ވަނީ ފަށާފައި އެވެ.
އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނިފަރ ހެރިސް އާއި ވަޒީރުގެ މިބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، އިންޑޯ-ޕެސިފިކް އެންޑެވަރގެ ޙަރަކާތްތަކާއި އަދި ދެ ފަރާތުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ކޮމާންޑަރ ބްރިގޭޑިއަރ ޖެނިފަރ ހެރިސް ބައްދަލުކުރެއްވީތީ އާއި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތައް ފާހަގަކުރައްވައި ދިފާޢީ ވަޒީރު އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
ގުޅުންހުރި

އޮސްޓްރޭލިއާގެ އިންޑޯ-ޕެސިފިކް އެންޑެވަރގެ ކޮމާންޑަރ ދިފާޢީ ވަޒީރާ ބައްދަލުކުރައްވައިފި

އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވޭ - ޣައްސާން
.jpeg&w=3840&q=75)
ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލެވުނީ ރައީސްގެ ހިކުމަތްތެރިކަމުން - ޣައްސާން
