logoEN
Sto top
އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވޭ - ޣައްސާން

އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވޭ - ޣައްސާން

އަހުމަދު ޝުރާއު

logo

5/6/2025, 8:56:59 AM

# ޑިފެންސް މިނިސްޓަރ

--

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ އަހަރުގެ މޭމަހު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށާއި އެސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައިނުވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

Wamco

ރާއްޖޭގައި އެތައް ސަތޭކަ އިންޑިއާ ސިފައިން ތިބި ކަމަށާއި އެމީހުން ރާއްޖޭގައި ހަތިޔާރު ގެންގުޅުނުކަމަށް ބުނީ އިދިކޮޅުގައި ކުރިން އޮތް އަދި މިހާރު ވެރިކަން ކުރާ ޕީއެންސީގެ ފަރާތްތަކުން އޭރު ރާއްޖޭގައި ހިންގި އިންޑިއާ އައުޓް ކެމްޕެއިންގެ ތެރޭގައި އެވެ. އަދި އެފަރާތްތަކުން ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާން ވައުދުވެގެންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާގެ އަސްކަރީ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެކަމަށާއި ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 71 މީހުން ކަމަށެވެ. އަދި އެހުރިހާ ފަރާތްތަކެއް ދެ ޤައުމުގެ މަޝްވަރާތަކަށްފަހު އިންޑިއާއަށް އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެންމެ ފަހުން ތިބި ސިފައިން ގެންގޮސްފަވަނީ މިދިޔަ އަހަރުގެ މޭއި މަހުގެ 9ވަނަ ދުވަހު ކަމަށެވެ.

ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި އޭރު ހަރަކާތްތެރިވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ދުއްވާ ޑޯނިއާއާއި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ކަމަށެވެ.

ޣައްސާން އިތުރަށް ވިދާޅުވީ އެކަމުގައިވެސް މިހާރު ހަރަކާތްތެރިވާނީ މަދަނީ މުވައްޒަފުންކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside