.jpeg&w=3840&q=75)
ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލެވުނީ ރައީސްގެ ހިކުމަތްތެރިކަމުން - ޣައްސާން
# ޑިފެންސް މިނިސްޓަރ# ރާއްޖެ-އިންޑިއާ# ޣައްސާން މައުމޫންޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން --
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވީ, ރާއްޖޭގައި ޤާއިމްވެ ތިބީ އިންޑިއާގެ 76 ސިފައިންކަމަށާއި، ހުރިހާ ސިފައިންވެސް މެއި 10ގެ ނިޔަލަށް އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.
ޣައްސާން ވިދާޅުވީ, މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ސިފައިން ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ދެގައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.
ރާއްޖޭގައި ގާއިމްވެ ތިބި އިންޑީއާގެ ސިފައިން ފޮނުވާލުމަށްފަހު މަދަނީންގެ 76 މީހަކު ވަނީ ރާއްޖެ ގެނެސްފައެވެ. މި މީހުން ގެނެސްފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.