logoEN
Sto top
ހުޅުމާލެ ޗެނަލް ޕާކުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށްފި

ހުޅުމާލެ ޗެނަލް ޕާކުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށްފި

އަހުމަދު ޝުރާއު

logo

9/15/2025, 4:57:48 PM

# އެޗްޑީސީ

-

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން މަނާކޮށްފި އެވެ.

Wamco

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ޗެނަލް ސަރަޙައްދަކީ، ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަޙައްދެއްކަމަށާއި އެ ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ޙިމާޔަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި މުރަކަ އިންދާ އާލާކުރުމަށްވެސް ކަނޑައަޅާފައިވާ ސަރަޙައްދެއްކަމަށެވެ.

މިއާއިއެކު އެ ޗެނަލްގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށްވާތީއާއި އެ ސަރަޙައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރާވާފައިވުމާއިއެކު، އަންނަ ހުކުރު ދުވަހުން ފެށިގެން އެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ކަމުގައި ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ 1 ގައި މޫދު ކުޅިވަރު ކުޅޭ ސަރަހައްދާ ކައިރީ އޮންނަ އެ ޗެނަލުގައި މޫދު ކުޅިވަރު ކުޅުމަށް ގެންގުޅޭ، ޖެޓްސްކީ އާއި އެހެން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ބޭނުންކުރަމުން ދެއެވެ.

އެޗްޑީސީން މިފަދަ އިއުލާނެއް ނެރެފައިވާއިރު އެކުންފުންޏާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް" އެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC