logoEN
Sto top
ގައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ގައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

9/13/2025, 7:30:15 AM

# އެޗްޑީސީ

-

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިން ފާހަގަކުރާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން ބައިވެރިވެއްޖެއެވެ.

Wamco

ގައުމީ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮތީ އިއްޔެ ހަވީރު 04:00 ގައި މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ. މި އިވެންޓުގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންގއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ބެހެއްޓިއެވެ. އެޗްޑީސީގެ މި ސްޓޯލުން ބްރިޖް އަދި ސަރވޭ އާލާތްތައް ދައްކާލުމުގެ އިތުރުން، ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ. އަދި މީގެ އިތުރުން، ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިންއިމާރާތްކުރުމާއި އިންޖިނިއަރިންގ އާ ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓަރޕަވަރ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔައެވެ.

ކުޑަކުދިންގެ ހަވީރުގެ އިތުރުން، އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެޗްޑީސީގެ ފަރާތުން 11 ސެޕްޓެންބަރ ވީ ބުރާސްފަތި ދުވަހު ޓުއާރއެއް ކުރިއަށްގެންދިޔައެވެ.

ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ބޭއްވި މި ޓުއާރގައި އެޗްޑީސީން ކުރަމުންއަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައި، އެ މަސައްކަތްތަކުގެ މައުލޫމާތު ދިނެވެ. މި ޓުއަރގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލުތަކުގެ ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުމެވެ.

ރާއްޖޭގެ ތަރައްގީއަށް އިންޖިނޭރުންގެ ދައުރު މުހިންމުވެފައިވާ މި ދަނޑިވަޅުގައި، މި ދާއިރާއަށް ޒުވާނުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC