logoEN
Sto top
ހިޔާ ސަރަހައްދުގައި އައު ބަސް ސްޓޮޕެއް ގާއިމްކުރަނީ

ހިޔާ ސަރަހައްދުގައި އައު ބަސް ސްޓޮޕެއް ގާއިމްކުރަނީ

އަހުމަދު ޝުރާއު

logo

9/14/2025, 12:53:52 PM

# އެޗްޑީސީ

--

ހިޔާ ސަރަހައްދުގައި އައު ބަސް ސްޓޮޕެއް ގާއިމްކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ފަށައިފި އެވެ.

Wamco

އެޗްޑީސީން މިއަދު މަސައްކަތް ފެށީ ހުޅުމާލެ ހިޔާ 16 ވަނަ ޓަވަރު ކައިރީގައި ބަސް ސްޓޮޕެއް ގާއިމްކުރުމުގެ މަސައްކަތެވެ. އެގޮތުން އެސަރަހައްދަކީ މިހާރުވެސް ބަސް ސްޓޮޕެއް ހުންނަ ސަރަހައްދެއް ނަމަވެސް ކުރިން ހުރި ބަސް ސްޓޮޕަށް ދާދި ފަހުން މާލެއަށް ކުރި ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައި އެވެ.

މިއާއިއެކު އެސަރަހައްދުގައި އައު ބަސް ސްޓޮޕެއް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ފަށާފައިވާއިރު މާލަސްތަކެއް ނުވެ މި މަސައްކަތް ނިންމާލައި އެތަން ބޭނުންކުރަން ފެށުމަށް އެޗްޑީސީން ވަނީ ނިންމާފައި އެވެ.

View post on Twitter

ހުޅުމާލެ ހިޔާ ސަރަހައްދުގައި މިވަގުތު 3 ބަސް ސްޓޮޕް ހުރެއެވެ. އަދި އެފްޑީސީން ތަރައްޤީކޮށް މިހާރު ތަޅުގަނޑިތައް ހަވާލުކުރަން ފަށާފައިވާ އައު ހައުސިންގ ޔުނިޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެސަރަހައްދުގައިވެސް ބަސް ސްޓޮޕްތަކެއް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. މިގޮތުން އެއް ބަސް ސްޓޮޕުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައި އެވެ.

އެޗްޑީސީން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC