ސްކޭމުގެ މައްސަލަތަކުގައި ގައިދީންގެ ބައިވެރިވުން: މާފުށި ޖަލު ބަލައި ފާސްކޮށް 33 ފޯނު އަތުލައިގެންފި
# ދިވެހި ފުލުހުންގެ ޙިދުމަތްމާފުށީ ޖަލު - ފޮޓޯ: ގާފު
މާފުށީ ޖަލުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނު އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އެ ޚިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، 2025 ސެޕްޓެމްބަރު 11 ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި
ސްކޭމުގެ މައްސަލަތަކުގައި ގައިދީންގެ ބައިވެރިވުން: މާފުށި ޖަލު ބަލައި ފާސްކޮށް 33 ފޯނު އަތުލައިގެންފި

ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
