logoEN
Sto top
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ޝަހީބް ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ޝަހީބް ހޯދަނީ

އަހުމަދު ޝުރާއު

logo

9/13/2025, 4:34:33 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދޫކޮށްލި، ލައިޓްހައުސް / ގއ.ވިލިނގިލި، ޝަހީބް އިބްރާހިމް ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ލައިޓްހައުސް / ގއ.ވިލިނގިލި، ޝަހީބް އިބްރާހީމް (47އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޝަހީބް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ޝަހީބް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC