
ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޖޫޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ބައިވެރިވެލެއްވިއެވެ.
އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒް އަމްޖަދު މުސްޠަފާއާއި، ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ޙުސައިންއާއި އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޖޫޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރެއްވިއެވެ.
ގުޅުންހުރި
ސްކޭމުގެ މައްސަލަތަކުގައި ގައިދީންގެ ބައިވެރިވުން: މާފުށި ޖަލު ބަލައި ފާސްކޮށް 33 ފޯނު އަތުލައިގެންފި

ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
